ހަބަރު

ފޯނަށް އަޅަންވީ "ދިރާގު ޕްލޭ"

ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންގައި ގޭގައި ތިބެން ޖެހޭތީ ގިނަ ބަޔަކު ފޫހިވެއްޖެ އެވެ. އެހެންވެ ގިނަ ބަޔަކު ވަގުތު ހޭދަކުރަނީ އިންޓަނެޓާއި ޓީވީ ސިލްސިލާތައް ބެލުމަށެވެ. އެހެންވެ އެންމެން ވެސް ބޭނުން ވަނީ އާ ސީރީސްއެއް ބަލާލާށެވެ. އާ ފިލްމަކާއި ޑްރާމާތަކެއް ބަލާލާށެވެ. މިހާރު ގިނަ މީހުން ކޮށްއުޅޭ ކަންތަކީ ފޯނުންނާއި މޯބައިލް ޑިވައިސް ތަކުން އޮންލައިންކޮށް މުނިފޫހި ފިލުވުމުގެ ތަފާތު ކޮންޓެކްޓްތައް ބެލުމެވެ. މިކަމަށް އެންމެ ރަނގަޅު މޮބައިލް އެޕްލިކޭޝަންއަކީ "ދިރާގު ޕްލޭ" އެވެ.

"ދިރާގު ޕްލޭ" އެޕްލިކޭޝަނުން ލައިވް ޓީވީ އާއި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ބަލާލެވޭނެ އެވެ.

މި އެޕްލިކޭޝަނާ ބެހޭ ގޮތުން ދިރާގުން ބުނީ މި އެޕް މެދުވެރިކޮށް ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ކޮށްލެވޭނެ ކަމަށާއި އަދި ހަނދާން ނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާ ނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެ ވެސް ލެވޭނެ ކަމަށެވެ. ހަމައެއާއެކު ގަވާއިދުން ކޮންމެ ދުވަހަކު ބަލަމުންދާ ޕްރޮގްރާމެއްގެ ބޮޑުބައި ނުބެލިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގު ޕްލޭގައި ހިމެނޭ ތަފާތު ފީޗާތައް:

  • ލައިވް ޓިވީ ރިކޯޑިން
  • އަލުން ލައިވް ޓީވީ ރީސްޓަޓް ކޮށްލެވުން
  • އެއް ޑިވައިސްއަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ ބޭނުނެކުރެވުން
  • ދިރާގު ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ): ވީއޯޑީއަކީ މުނިފޫހިފިލުމުވުމަށް ފިލްމާއި ސީރީޒްއިން ފެށިގެން ގޮސް ތުއްތުކުދިންނަށާއި ސްކޫލް ކުދިންނަށް މުހިންމު މައުލޫމާތު ހިމެނޭ ހާއްސަ ޝޯތަކާއި ޕްރޮގުރާމްތައް އެކުލެވިގެންވާ ބައެއް
  • ޓިވީ ޕްރޮގުރާމް ގައިޑް އަދި ކެޗްއަޕް

ދިރާގުން ބުނީ "ދިރާގު ޕްލޭ" މިހާރު ހުޅުވާލާފައިވަނީ ހަމައެކަނި އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށް ކަމަށެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފާ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖެއް އެއް މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށާއި މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެކުންފުނިން ބުންޏެވެ. އޭގެ އިތުރަށް ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު އެންމެ 30 ރުފިޔާއަށް ބޭނުންކުރެވޭނެ ކަމަށާއި ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަސް ކަމަށްވެސް ދިރާގުން ބުނެ އެވެ.

ދިރާގުން އިތުރަށް ބުނީ މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެ ކަމަށާއި ދިރާގު ޕްލޭއަށް އިތުރު ކޮންޓެންޓް އާއި ޗެނަލްތައް ހިމެނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. ދިރާގުޕްލޭ، ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.