ހަބަރު

މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Jun 6, 2020

އޮލިންޕަސް ކުރިމަތީގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.

އަލިފާން ރޯވީ "އެކްސީޑް" ނަމަކަށް ކިޔާ ފިހާރައެއްގެ ދެވަނަ ފްލޯގަ އެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.