ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: ރާއްޖޭގެ އަދަދު 1900 އިން މައްޗަށް

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 18 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނާއި ސްރީލަންކާގެ މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ. މި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1901 އަށް އަރާފައެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 11 މީހުންނެވެ. ހުކުުރު ދުވަހު ޕޮޒިޓިވްވީ 22 މީހުންނެވެ. ބުރާސްފަތި ދުވަހު ނުވަ މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެކަކު މަރުވީ މިއަދުއެވެ. އެއީ މިއަދު ހެނދުނު އައިޖީއެމްއެޗަށް ހާލު ސީރިއަސް ވެގެން ގެންދިޔަ ބަންގްލަދޭޝް މީހެއް ކަމަށެވެ. އެއީ 38 އަހަރުގެ މީހެކެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.

މީގެކުރިން ރާއްޖެއިން ކޮވިޑްގަައި މަރުވެފައިވަނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 1443 މީހުންނެވެ. އަދި އައިސޮލޭޝަންގައި ތިބީ 1201 މީހުންނެވެ.