ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

64 މީހުން ގަދަވެ، ދެ މީހުން ބަލިވެއްޖެ

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ދެ މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ކުރެވުނު ޓެސްޓްތަކުން ޕޮޒިޓިވްވީ ދެ ސާމްޕަލް ކަމަށެވެ. އެއީ ދެ ދިވެހިންނެވެ.

މި ފަހުން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް މަދެވެ. ނަމަވެސް މިއީ އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ. ބައެއް މީހުން ގެންދަނީ ޕޮޒިޓިވް އަދަދު މަދުކުރަން ޓެސްޓް ކުރާ މިންވަރު ދަށްކުރާ ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެންއީއޯސީން ބުނީ ކޮންމެ ދުވަހަކު 600-900 ދެމެދުގެ އަދަދެެއް ޓެސްޓް ކުރަމުންދާ ކަމަށެވެ.

މި ދެ މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 1903 އަަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުން ދަނީ 1066 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވީ 64 މީހުންނެވެ. މިހާތަނަށް ބަލިން ރަނގަޅުވީ އަދަދު ވަނީ 827 އަށް އަރާފަ އެވެ.

މިއަދުގެ ނިޔަލަށް މިހާތަނަށް 30،021 މީހެއްްގެ ސާމްޕަލް ވަނީ ނަގާފަ އެވެ.

ކޮވިޑްގައި މިހާތަނަށް އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ހަތަރު ބިދޭސީންނާއި ހަތަރު ދިވެހިންނެވެ. ބިދޭސީން ނިސްބަތްވަނީ ބަންގްލަދޭހަށެވެ.