ތިމަރަފުށި

ޑްރަގާއެކު ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

Jun 8, 2020

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިމަރަަފުށިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަަދު ބުނީ ތިމަރަފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށް ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ދީފައި ވެއެވެ.