ހަބަރު

އާތިފާ މަގާމުން ވަކިކުރުމަށް އެދި މަޖިލީހަށް ސިޓީއެއް

ހައުސިން މިނިސްޓަރު އާތިފާ ޝުކޫރަކީ އެމަގާމަށް ގާބިލުބޭފުޅެއް ނޫން ކަމަށާއި އެެހެން ކަމުން އެ މަގާމުން އެކަމަނާ ވަކިކޮށްދިނުމަށް އެދި، އެމްޑީޕީގެ މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އިބްރާހިމް ރިޔާޒް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފި އެވެ.

ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންނެވި ދާއިރާގެ އެމްޑީޕީގެ ރައީސް އެމަނިކުފާނަށް އެޑްރެސްކުރައްވާ ފޮނުވި މި ސިޓީގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުން ވޯޓުދިން މައިގަނޑު އެއް ސަބަބަކީ އެމަނިކުފާނާއި އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ކަމަށެވެ. އެހެން ނަމަވެސް މި ވެރިކަމުގައި ދޮޅު އަހަރު ވެގެން ދިޔައިރުވެސް މިވައުދުތައް ފުއްދުމަށް މިވީހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެ ސިތީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި ބުނެފައިވަނީ މާލޭގެ ރައްޔިތުންނަށް ރައީސް ސޯލިހު ވެވަޑައިގެންނެވި އެއް ވައުދު ކަމުގައިވާ ގޯތި ކަނޑައިދޭނެ ކަމަށް ބުނި ވައުދުވެސް މިވީހާތަނަށް ފުއްދާފައި ނުވާ ކަމަށާއި އަދި މިކަމުގެ އެއްވެސް މަސައްކަތެއްވެސް ކޮށްފައިނުވާ ކަމަށެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަށް އޭގެ ހައްގުވެރިންނާއި ހަވާލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި ބޯހިޔާވަހިކަމަށް އެދި ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ހޯދައިދިނުމަށް މިނިސްޓަރު އާތިފާ ނުކުޅެދިފައިވާ ކަމަށެވެ. އަދި ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ދީފައިވާ ލިޔުންތަކާއި ފްލެޓް ބޭނުންވެގެން އެކަމަށް އެދި ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނ ުމަށްވެސް މިނިސްޓަރު ނުކުޅެދިފައިވާ ކަމަށް ބުނެފައިވެ އެވެ.