ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 13 މީހަކު ޕޮޒިޓިވްވެއްޖެ

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 13 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހަތް ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހުންނާއި އިންޑޮނޭޝިއާ މީހެއް ކަމަށެވެ.

މި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1916 އަށް އަރާފައެވެ.

މިިދިޔަ ދުވަސްތަކުގައި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު

  • ހޯމަ ދުވަހު 13 މީހުން
  • އާދިއްތަ ދުވަހު ދެ މީހުން
  • ހޮނިހިރު ދުވަހު 18 މީހުން
  • ހުކުރު ދުވަހު 11 މީހުން
  • ބުރާސްފަތި ދުވަހު 22 މީހުން
  • ބުދަ ދުވަހު ނުވަ މީހުން
  • އަންގާރަ ދުވަހު 12 މީހުން

މިހާތަނަށް ރާއްޖެއިން 30،888 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވެއެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވެފައިވަނީ ހަތަރު މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.