ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

98 މީހަކު ގަދަވެ އަދަދު 925 އަށް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު 925 އަށް އަރައިފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 98 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެ މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ އަދަދު ވަނީ 925 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 1916 އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އެ މީހުންގެ ތެރެއިން މިވަގުތު ފަރުވާ ކުރަމުންދަނީ 981 މީހުންނަށެވެ.

ކޮވިޑްގައި މަރުވީ 8 މީހެކެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. އެމީހުން ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު 1049 މީހުން އައިސޮލޭޝަންގައި އެބަ ތިއްބެވެ. އަދި 428 މީހުން ކަރަންޓީންގައި އެބަތިއްބެވެ.

ކޮވިޑް ހުރިތޯ ބެލުމަށް ރާއްޖެއިން މިހާތަނަށް ނަގާފައިވަނީ 30،888 ސާމްޕަލެވެ.