ހަބަރު

އެމްސީ ނުލައި 15 ދުވަހު ސަލާމް ބުނެވޭ ގޮތް ހަދަނީ

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން މަޝްވަރާކޮށްފި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މި މަޝްވަރާ ކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން އާންމުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. ގިނަ ބަޔަކު ކަންބޮޑުވަނީ އެންމެ ދުވަހަކު ވެސް ސަލާމް ބުނި ނަމަވެސް އެމްސީ ހުށައަޅަން ޖެހޭގޮތަށް އިސްލާހު ހުށައަޅާފައިވާތީއެވެ. އެމްސީ ހުށަނާޅާނަމަ އެ ދުވަހަށް މުސާރައެއް ނުލިބޭނެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރު އަދި ކެންދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެޕާޓީގެ ޕީޖީ ގުރޫޕްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްސީ އާއެކު 15 ދުވަސް އަދި އެމްސީ ނުލައި 15 ދުވަސް، އަހަރަކު ޖުމުލަ 30 ދުވަހުގެ މެޑިކަލް ލީވް ނެގޭނެ ގޮތަށް ކޮމިޓީގައި އިސްލާހު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ގާނޫނު އޮތްގޮތުން އެމްސީ ހުށަނާޅާ ސަލާމް ބުނެވިދާނެއެވެ. އެކަމަށް 30 ދުވަސް އަހަރަކު ކަނޑައަޅާފައިވެއެވެ.

ސަރުކާރު އޮފީސްތަކުގެ މުވައްޒިފުން އަދި އަމިއްލަ އޮފީސްތަކުގަިއ މަސައްކަތްކުރާ މުވައްޒިފުންވެސް ސަލާމް ބުނުމުގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. ނަމަވެސް އެ މައްްސަލައަށް ހައްލު ހޯދުމަށް ކުރަންޖެހޭ ކަމަކީ ސަލާމް ބުނާ ކޮންމެ ދުވަހަކު އެމްސީ ހުށައެޅުން ނޫން ކަމަށް ބުނެ ގިނަ ބަަޔަކު ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.