ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު އޭޑީކޭގެ 10 މުވައްޒިފަކު ރަނގަޅުވެއްޖެ

ކޮވިޑްޖެހުނު އޭޑީކޭގެ 12 މުވައްޒިފުންގެ ތެރެއިން 10 މީހުން ރަނގަޅުވެއްޖެ އެވެ.

އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލް މިރޭ ވިދާޅުވީ އެ ހޮސްޕިޓަލުގައި މަަސައްކަތް ކުރަމުންދިޔަ 12 މީހަކަށް ކޮވިޑް ޖެހުނު ކަމަށާ އޭގެ ތެރެއިން 10 މީހަކު މިހާރު ރަނގަޅުވެެގެން ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އަނެއް ދެ މީހުންވެސް މާދަމާގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭޑީކޭއިން ޕޮޒިޓިވްވީ ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރަމުން އައި ބައެކެވެ. އެއީ މުޅިންވެސް ބިދޭސީންނެވެ.

އައްފާލް ވިދާޅުވީ އެމީހުން އުޅެމުންދިޔަ ހުޅުމާލޭގައި ހުންނަ އެކޮމަޑޭޝަން ބްލޮކް އަދިވެސް ހުރީ އެޗްޕީއޭގެ މޮނިޓަރިންގައި ކަމަށާ އުންމީދަކީ އެތަން ޑިސްއިންފެކްޓްކޮށް މުވައްޒިފުންނަށް އުޅެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން ކަމަށެވެ.