ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު ޕޮޒިޓިވްވީ 26 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 26 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ހަތް ބިދޭސީން ކަމަށެވެ. އެ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 1942 އަށް އަރާފައެވެ.

މިވަގުތު ފަރުވާ ކުރަމުންދަނީ 922 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 939 މީހުންނެވެ. ކަރަންޓީންގައި ތިބީ 532 މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން 8 މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.