ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފްރާންސް

ފްރާންސް ޓީމުތައް ރެލިގޭޓުވުން ކޯޓުން ހުއްޓުވައިފި

ކޮރޯނާ ވައިރަސް އާ ގުޅިގެން ނިންމާލި ފްރާންސް ލީގުން ޓީމުތައް ރެލިގޭޓުވުން ކޯޓުން ހުއްޓުވައިފި އެވެ.

ފްރާންސް ލީގު ނިންމީ އެއް ވަނައިގައި އޮތް ޕީއެސްޖީއަކީ ލީގް ޗެމްޕިއަން ކަމަށް ކަނޑައަޅައި ތާވަލުގެ އެންމެ ފުލުގައި އޮތް ދެ ޓީމު ރެލިގޭޓް ކުރުމަށެވެ.

އެގޮތަށް ނިންމުމުން ލީގްގެ އެންމެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އަމިއަންސް އާއި ޓޮލޫސްއިން މައްސަލަ ހިފައިގެން ކޯޓަށް ދިޔަ އެވެ. އެ ދެ ޓީމުގެ ފަރާތުން މައްސަލަ ހުށަހެޅީ ލީގްގެ 10 މެޗު ބާކީ އޮތް އިރު އެ މެޗުތައް ނުކުޅެ ރެލިގޭޓް ކުރަން ނިންމި ނިންމުން އިންސާފް ވެރި ނޫން ކަމަށެވެ. ކޯޓުން ވެސް ނިންމީ ފްރާންސްގެ ލީގުން ޓީމުތައް ރެލިގޭޓް ވާނެ ކަމަށް ނިންމި ނިންމުން އިންސާފުވެރި ނޫން ކަމަށެވެ އަދި ޓީމުތަކަށް މެޗުތައް ކުޅުމުގެ ފުރުސަތު ނުދީ ރެލިގޭޓް ވާނެ އުސޫލު ކަނޑައެޅުމަކީ ހަމަހަމަކަން ގެއްލިފައިވާ ކަމެއް ކަމަށްވެސް ރެލިގޭޓުވުން ހުއްޓުވުމަށް ކޯޓުން ނެރުނު ހުކުމުގައި ބުނެފައި ވެ އެވެ.

އެހެން ކަމުން ލީގް އެކެއްގެ އެންމެ ފުލުގައި އޮތް ދެ ޓީމު ލީގް ދޭކަށް ރެލިގޭޓް ނުވާނެ އެވެ. ހަމައެޔާއެކު ލީގް ދޭގެ އެންމެ ކުރީގައި އޮތް ދެ ޓީމުވެސް ލީގް އެކަކަށް ޕްރަމޯޓް ވާނެ ކަމަކަށް ވެސް ކޯޓުން ނިންމާފަ އެއް ނުވެ އެވެ. އެހެންނަމަވެސް ކޯޓުގެ ފަނޑިޔާރު ވަނީ ލީގްގައި ވާދަ ކުރާ ޓީމުތަކުގެ އަދަދު 22 އިތުރު ކުރުމާމެދު ދިރާސާ ކުރުމަށް ފްރާންސް ލީގަށް އަންފާފަ އެވެ. ލީގް އެކެއްގެ ޓީމުތަކުގެ މިހާރުގެ އަދަދަކީ 20 އެވެ.

ލީގް ކުރިއަށް ނުގެންދަން ނިންމުމުން، މައްސަލަ ކޯޓަށް ހުށަހެޅުމުގައި އެންމެ އިސްކޮށް އުޅުނީ ލިއޯން އެވެ. އެ ޓީމުން ހުށަހަޅާފައި ވާ މައްސަލައަކީ ލީގް ކުރިއަށް ނުގެންދާން ނިންމުމުން އަންނަ ސީޒަންގެ ޔޫރަޕްގެ މުބާރާތަށް ކޮލިފައި ވުމުގެ ފުރުސަތު ގެއްލިފައިވާ މައްސަލަ އެވެ. ލީގް ނިންމާލިއިރު ލިޔޯން އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. އެހެންނަމަވެސް އެ ޓީމުން ހުށަހެޅި ގޮތަށް ލީގް އަލުން ކުރިއަށް ގެންދިއުމަށް ކޯޓުން ތާއީދު ކޮށްފަ އެއް ނުވެ އެވެ. އެގޮތަށް ނިންމުމުން ލިޔޯން އަށް ވަނީ، 23 އަހަރު ފަހުން ޔޫރަޕްގެ މުބާރާތުން ފުރަތަމަ ފަހަރަށް ފުރުސަތު ގެއްލިފަ އެވެ.