ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވައިރަސް ޖެހިގެން މާސޭގެ ކުރީގެ ރައީސް މަރުވެއްޖެ

ކޮވިޑް-19 ގެ ބަލި ޖެހިގެން، ފްރާންސްގެ އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް މަރުވެއްޖެ އެވެ.

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް، އޭނާ މަރުވީ އޭނާގެ އުފަން ގައުމު ސެނެގާލްގެ ހޮސްޕިޓަލެއްގަ އެވެ. ޑިއޫފް ވަނީ 2005 އިން 2009 އަށް މާސޭގެ ރައީސް ކަން ކޮށްފަ އެވެ. އެ ކުލަބުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ ކުލަބުގެ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް ޑިއޫފްގެ ހަދާންތައް ހުންނާނެ ކަމަށެވެ.

އޭނާ އަކީ، ޔޫރަޕްގެ ޓޮޕް ޓީމެއްގެ ރައީސް ކަން ކުރި ކަޅު ނަސްލުގެ ދަރިކޮޅަށް ނިސްބަތްވާ ފުރަތަމަ ރައީސް އެވެ. މާސޭގެ ރައީސް ކަން ކުރުމުގެ އިތުރަށް ދެން އޭނާ ވަނީ 2007 ވަނަ އަހަރުން 2009 ވަނަ އަހަރަށް ފްރާންސް ޕްރޮފެޝަނަލް ފުޓްބޯޅަ ލީގްގެ މެންބަރުކަން އަދާ ކޮށްފަ އެވެ.

"އޭނާ ފާހަގަ ކުރެވިފައިވަނީ ވަރަށް ޕެޝަނޭޓް ޑައިރެކްޓަރެއްގެ ގޮތުގައި." ފްރާންސް ޕްރޮފިޝަނަލް ލީގުން ނެރެފައިވާ ބަުާނުގައި ބުނެފައި އެވެ.

ޑިއޫފް އަކީ، ކުރިން ފުޓްބޯޅަ ޖާނަލަިސްޓެކެވެ. އަދި ފުޓްބޯޅަ އެޖެންޓެއްވެސް މެއެވެ. އޭނާ ވަނީ، މާސެލް ޑެސައިލީ، ބަސިލޭ ބޮލީ، ވިލއަމް ގަލަސް، ސާމިރު ނަސްރީ އަދި ޑިޑިއޭ ޑްރޮގްބާގެ އެޖެންޓްކަން ކޮށްފަ އެވެ.