ހަބަރު

އެއްލައްކަ ރުފިޔާ ފުލުހާ ހަވާލު ކުރި ބިދޭސީގެ އަގުވަޒަންކޮށްފި

Jun 11, 2020
ފައިސާ ހޯދި ބިދޭސީއަށް ފުލުހުންގެ ފަރާތުން ހަނދާނީ ލިޔުން ދެނީ -- ފޮޓޯ: ޕޮލިސް
0%
0%
0%

އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ ބަންގްލަދޭޝް ގެ ރައްޔިތެއްކަމުގައިވާ އެމްޑީ ކަމާލް ހޮސައިން އެ ރަށު މަގެއްމަތިން ހޮވި އެއްލައްކަ ރުފިޔާ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރުމުން އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދިޔާ ދީފި އެވެ.

ފުލުހުން ބުނީ އެކަމަށްޓަކައި އިއްޔެ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ބޭއްވި ބައްދަލުވުމުގައި އެ ބިދޭސީ މީހާއަށް ފުލުހުންގެ ފަރާތުން ހަނދާނީ ސެޓްފިކެޓު ހަވާލުކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ފައިސާގެ ވެރިފަރާތްކަމަށްވާ ދަފްތަރު ނަމްބަރު 1912، އަލީ އަބްދުއް ސައްތާރުގެ ފަރާތުންވެސް އެ ބިދޭސީއަށް ފައިސާގެ އިނާމު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން އޭނާ ހިންގާ ހޮޓަލުން އެއް މަސްދުވަހުގެ ހިލޭ ކެއުން ހަމަޖައްސައިދިނުމާއި އެއްވެސް ދުވަހަކު ވަޒީފާއެއް ނެތިގެން ގޮސްފިނަމަ ވަޒީފާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ފައިސާގެ ވެރިފަރާތުން ދީފައިވާ ކަމަށް ފުލުހުން ބުންނެވެ.

ކަމާލް ހޮސައިން އަށް މަގުމަތިން، ސިޓީ އުރައެއްގެ ތެރޭގައި އެއްލަކަ ރުފިޔާ އޮއްވާ ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހުގަ އެވެ. އޭނާއަށް އެ ފައިސާ ފެނުމުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކުރުމުން ފުލުހުން ވަނީ ފައިސާތަކުގެ ވެރިފަރާތް ހޯދައި ޖެހިގެން އައި ދުވަހު މެންދުރުގެ ވަގުތެއްގައި އެފައިސާ ވެރިފަރާތަށް ރައްދުކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345