އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ތިބި ބިދޭސީން ރަޖިސްޓަރީވާން އަންގައިފި

Jun 21, 2020
3
ރީ ރެޖިސްޓްރީ ވުމަށް ގަލޮޅު ދަނޑަށް ބިދޭސީންތަކެއް އެއްވެފައި: އައްޑުއަށް ގެންދާ ބިދޭސީން ދަފުތަރު ކުރާނެ
0%
0%
0%

އައްޑު އަތޮޅަށް އަލަށް ގެންދާ ބިދޭސީންނާއި އެ ސިޓީގައި މިހާރު ތިބި ބިދޭސީން އެބަޔަކު އުޅޭ ރަށެއްގެ އަވަށު އޮފީހުގައި ރެޖިސްޓްރީ ވާން އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިއުލާނެއްގައި ބުނެފައި ވަނީ އެ ސިޓީއަށް ބިދޭސިން ގެންދިއުމުގެ ކުރިން ދަފުތަރު ކުރުމަށާއި، މިހާރު އުޅޭ ބިދޭސިން ވެސް ދަފުތަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް ބިދޭސީންނާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށް އެ ސިޓިގައި މިހާރު އުޅޭ ބިދޭސީން ދަފުތަރުގައި ރެޖިސްޓްރީވުމަށް އަންގާފައިވާނެ ކަމަށާއި ކުރިއަށް އޮތް ތާނގައި އެ ސިޓީ އަށް ގެންދާ ބިދޭސީން، ގެންދާ ރަށެއްގެ އޮފީހުގައި ރަޖިސްޓްރީ ކުރަން. އަންގާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ބިދޭސީން ގެންދާ ފަރާތްތަކުން ރެޖިސްޓްރީ ވާން ހާއްސަ ފޯމެއް އޮންނާނެ ކަމަށާއި ބިދޭސީން ފޮނުވާލާއިރު ވެސް ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.

އިތުރަށް ބުނެފައި ވަނީ ގަވާއިދާ ހިލާފަށް އެއްވެސް ލިޔެ ކިޔުމެއްނެތް ބިދޭސީއެއް އެ ސިޓީގެ އެއްވެސް ގެއެއްގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި ސަރުކާރުން ކުރިއަށް ގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރި ނުވެ އައްޑޫގައި ތިބި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން އަނބުރާ ފޮނުވާލާނެ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910