އިމިގްރޭޝަން

އިމިގްރޭޝަންގެ ދެކުނު އޮފީސް މަރަދޫއަށް ބަދަލުކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން އައްޑޫ ސިޓީގައި ހިންގަމުންދާ އާ އޮފީސް މިއަދު މަރަދޫގައި ހުޅުވައިފި އެވެ.

އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް 2016 ވަނަ ހުޅުވާ މީގެކުރިން ހިންގީ އައްޑޫ ސިޓީގެ ހިތަދޫގަ އެވެ.

އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އޮފީސް ހުޅުއްވައި ދެއްވީ އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ.

މަރަދޫގައި އިމިގްރޭޝަންގެ އޮފީސް ހުޅުވާފައިވަނީ އަވަށު އޮފީސް ކައިރީގައި ހުންނަ ރަށްވެހިގޭގަ އެވެ.

އިމިގްރޭޝަންގެ އާ އޮފީސް މަރަދޫ އަށް މިއަދު ބަދަލުކުރި ނަމަވެސް މިބަދަލު ގެންނަކަން މިދިޔަ ޖޫން މަހުގެ ތެރޭގައި އިމިހްރޭޝަނިން އިއުލާންކޮށްފައިވެ އެވެ.