އަލީ ނިޒާރު

މަސްވެރިންނަށް ފައިސާ ނުދޭތީ އައްޑޫ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި

އައްޑޫ މޭޔަރު އަލީ ނިޒާރު
0%
0%
0%

މަސްވެރިންނަށް ފައިސާ ނުދޭތީ އައްޑޫ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އައްޑޫގެ މަސްވެރިން ގެންދަނީ އެ މީހުން މިފްކޯއަށް ކިރުވި މަހަށް ދޭން ޖެހޭ ފައިސާ ނުދީގެން މިދިޔަ ހަފްތާ އިން ފެށިގެން މުޒާހަރާކުރަމުންނެވެ.

މސްވެރިންގެ މުޒާހަރާއާ ގުޅިގެން މޭޔަރު އަލީ ނިޒާރު ވިދާޅުވީ މަސްވެރިންނަށް މިފްކޯއިން ލިބެންޖެހޭ ފައިސާ ނުލިބިގެން އަނެއްކާވެސް އައްޑޫގެ މަސްވެރިން އިހްތިޖާޖު ފަށަން ޖެހުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

ނިޒާރު ވިދާޅުވީ މަސްވެރިންގެ މުޒާހަރާއާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކުން އަދިވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

"ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ސިފަކުރެވޭ މިފްކޯ ހިންގުމުގެ ވިޔާނުދާ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެވި އެތަކެއް ސަރުކާރުތަކެއް ބަދަލުވެ ދިއުމާއި މިސަރުކާރުންވެސް އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމީ މަސްވެރިންނަށް މާޔޫސްކަން ގެނުވާ ކަމެއް،" ނިޒާރު ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ އުއްމީދަކި ސަރުކާރުން އައްޑޫގެ މަސްވެރިންގެ އަޑު އަހައި މިކަމަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހްމަދުު

ތައިލޭންޑަށް އެކްސްޕޯރޓު ކުރާ ގިނަ މަސް ރިޖެކްޓް ވާހާ ހިނދަކު މަސވެރިންނަށް ފައިސާ ބަރާބަރަކަށް ނުދެވޭނެ. މުޒާހަރާ ކުރީމަ ކޮއްމެސް އެއްޗެއް ދީފާނެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910