ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: އަލަށް ޕޮޒިޓިވްވީ 14 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 14 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ނުވަ ބިދޭސީން ކަމަށެވެ. އެއީ ބަންގްލަދޭޝްގެ 8 މީހުންގެ އިތުރުން ލަންކާ މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1976 އަށް އަރާފައެވެ. މިހާތަނަށް 33،018 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 306 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 797 މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން 8 މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.