ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

32 މީހުން ގަދަވެ އަދަދު 1153 އަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 32 މީހުން ރަނގަޅުވެއްޖެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 1976 މީހުންނެވެ. އެމީހުންގެ ތެރެއިން 1153 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 58.35 ޕަސެންޓެވެ.

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 14 މީހުންނެވެ. އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ނުވަ ބިދޭސީން ކަމަށެވެ. އެއީ ބަންގްލަދޭޝްގެ 8 މީހުންގެ އިތުރުން ލަންކާ މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1976 އަށް އަރާފައެވެ. މިހާތަނަށް 33،018 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ. މިވަގުތު ކަރަންޓީންގައި ތިބީ 306 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 797 މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން 8 މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.