ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލި ލަލީގާގެ ކުޅުން ތިން މަހަށް ފަހު ރޭ އަލުން ފެށިއރު ގޮރާން ޑީބީގެ މެޗުގައި ރެއާލް ބެޓިސްގެ މައްޗަށް 2-0 ން ސެވިއްޔާ މޮޅުވެއްޖެ އެވެ.
ލަލީގާ ރޭ ފެށުމުން ޔޫރަޕްގެ ބޮޑު ހަތަރު ލީގްގެ ތެރެއިން ދެ ލީގް މިހާތަނަށް ވަނީ ފަށާފަ އެވެ. ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެން ޖެހޭތީ ލީގް ފޯރިގަދަ މެޗަކުން ފެށުމުގެ ގޮތުން ލަލީގާއިން ނިންމީ ގްރާން ޑާބީގެ މެޗުން ލީގް ފެށުމަށެވެ.
ސެވިއްޔާގެ ރޯމަން ސަންޗޭޒް ޕޒްހުއާން ސްޓޭޑިއަމްގެ ދައުރު ވަމުން ދިޔަ އަލިތަކުން ކުޅުނު މެޗުގައި މެޗުގެ ދެ ލަނޑުވެސް ސެވިއްޔާއިން ކާމިޔާބު ކުރީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ލޫކަސް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން މެޗުގެ 56 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު 62 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފެނާންޑޯ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސެވިއްޔާގެ ކޯޗް ހުލެން ލޮޕެޓެގީ ބުނީ، ދެ ޓީމުގެ ތެރެއިން މޮޅަށް ކުޅުނީ ސެވިއްޔާ ކަމަށާއި މެޗުގެ ނަތީޖާ އެ ޓީމަށް ހައްގު ކަމަށެވެ. އޭނާ ބުނީ ތަފާތު ބޮޑުކޮށް މޮޅުވުމުގެ ފުރުސަތު ވެސް ސެވިއްޔާއަށް ލިބުނު ކަމަށާއި ނަމަވެސް އެ ފުރުސަތުތައް ބޭނުން ނުކުރެވުނީ ކަމަށެވެ.