ކުޅިވަރު

ފުރަތަމަ ލެގްގައި ސެވިއްޔާއިން ބާސާ ބަލިކޮށްފި

ކޮޕަޑެލްރޭ ނުވަތަ ސުޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗުގައި ބާސެލޯނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ސެވިއްޔާއިން ފައިނަލަށް ދިއުމަށް އުންމީދު ދަމަހައްޓައިފި އެވެ.

ސެވިއްޔާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، މިދިޔަ ފަސް އަހަރު ބާސާއަށް ކުޅުނު އިވާން ރަކިޓިޗް އެވެ. ބާސާ ކޮޅަށް އޭނާ ލަނޑު ޖެހުމަށް ފަހު އޭނާ އުފާ ފާޅު ކޮށްފައެއް ނުވެ އެވެ.

ފުރަތަމަ ހާފުގައި ސެވިއްޔާގެ ލަނޑު ކާމިޔާބު ކުރީ، ޖޫލެސް ކުންޑޭ އެވެ. މޮޅު ސޯލޯ ގޯލެއްގެ ގޮތުގައި ފާހަގަ ކުރެވުނު، އޭނާ ލަނޑު ޖެހީ ބާސާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އާއި ޑިފެންޑަރު ސެމިއުލް އުމްޓީޓީ ބީޓް ކޮށްލުމަށް ފަހު އެވެ.

ސެމީ ފައިނަލުގެ ދެ ވަނަ ލެގް މެޗު އޮންނާނީ މި މަހު 27 ވަނަ ދުވަހު އެވެ. ސެމީފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ނުކުންނާނީ އެތުލެޓިކް ކުލަބު ބިލްބާއޯ އާއި ލެވަންޓޭ އެވެ.