ބާސެލޯނާގެ މިޑްފީލްޑާ އީވާން ރަކިޓިޗް އެނބުރި ސެވިއްޔާއަށް ދާން ތައްޔާރު ވެއްޖެ އެވެ.
ސެވިއްޔާއަށް އަލުން ބަދަލުވުމަށް، ރަކިޓިޗް ވަނީ ސެވިއްޔާގެ މެޑިކަލް ފުރިހަމަ ކޮށްފަ އެވެ. ބާސާގެ ކޯޗް ކަމާ ހަވާލުވި ރޮނަލްޑް ކޫމަންގެ ޕްލޭންގައި ރަކިޓިޗް ނުހިމެނޭނެ ކަމަށް ކޫމަން ވަނީ ރަކިޓިޗްއަށް އަންގާފަ އެވެ. ބާސާއަށް ރަކިޓިވް ބަދަލުވީ 2014 ވަނަ އަހަރު ސެވިއްޔާއިންނެވެ.
މިދިޔަ ދެ ސީޒަންގައި ދާއިމީކޮށް ފުރުތަމަ 11 އިން ފުރުސަތު ހޯދުމުގައި ރަކިޓިޗް އަށް އުނދަގޫ ކުރިމަތި ވިއެވެ. ސަޕޯޓަރުންގެ މެދުގައި ވެސް އޭނާގެ މަގުބޫލުކަން ވަނީ ކުޑަ ވެފަ އެވެ. ބާސާގައި ރަކިޓިޗް ވަނީ ލަލީގާގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފަ އެވެ. އަދި ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަންވެސް ހަތަރު ފަހަރު ހޯދި އެޗެ. ޗެމްޕިއަންސް ލީގް އެއް ފަހަރު ހޯދި އެވެ.
ސެވިއްޔާއަށް ކުޅުނު ހަތަރު އަހަރު 149 މެޗު ކުޅެ 34 ލަނޑު ޖަހި އެވެ. އަދި އެ ޓީމާއެކު 2014 ގެ ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ހޯދި އެވެ. ސެވިއްޔާއަށް އެބުރި ގޮސް އެޓީމާ އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމުގައި ރަކިޓިޗް،32 ސޮއި ކުރާނެ އެވެ. އަދި ކުލަބުން ބޭނުންނަމަ ތިން ވަނަ އަހަރަކަށް އޭނާ ޓީމުގައި ބެހެއްޓުމުގެ ފުރުސަތު ލިބެ އެވެ.
ރަކިޓިޗް ވެގެންދާނީ އާ ސީޒަނަށް ތައްޔާރު ވުމަށް ސެވިއްޔާއިން ސޮއި ކުރުވާ ތިން ވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން ސެވިއްޔާގެ ސްޕޯޓިން ޑައިރެކްޓާ މޮންޗީ ވަނީ، ސޫސޯ އާއެކު ދާއިމީ އެއްބަސްވުމުގައި ސޮއި ކުރުވާފަ އެވެ. އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑާ އޮސްކާ ރޮޑްރިގޭޒްގެ ވެސް ވަނީ ސެވިއްޔާއަށް ސޮއި ކޮށްފަ އެވެ.
ސެވިއްޔާއިން މިދިޔަ އަހަރު ނިންމަލީ ލަލީގާގެ ހަތަރު ވަނައިގަ އެވެ. އަދި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ސެވިއްޔާ ވަނީ ކޮލިފައި ވެފަ އެވެ.