ބާސެލޯނާ

ޑެމެބެލޭ އާމެދު ގޮތް ނިންމަން ކުލަބަށް

މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިވާ، އެބާސެލޯނާގެ ފޯވަޑް އުސްމާން ޑެމްބެލޭއާ މެދު ގޮތް ނިންމަން ބާސާގެ މެނޭޖުމެންޓްގެ އަތް މައްޗަށް އެ ޓީމުގެ ކޯޗް ރޮނަލްޑް ކޫމަން ދޫކޮށްލައިފި އެވެ.

މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ޔުނައިޓެޑުން އެންމެ ބޭނުންވާ ކުޅުންތެރިޔަކީ، ބުރޫޝިއާ ޑޯޓްމުންޑްގެ ޖާޑަން ސަންޗޯ އެވެ. އޭނާގެ ޓްރާންސްފާ މިފަހަރު ކާމިޔާބުވާން ނެތުމުން، ޔުނައިޓެޑުން ވަނީ ޑެމެބްލޭގެ ޓްރާންސާފާ އާމެދު ބާސާއާ އެކު ވާހަކަތައް ފަށާފަ އެވެ. ޔުނައިޓެޑްގެ ވިސްނުމަކީ އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމުގެ ދަށުން ޑޯޓްމުންޑް ކުރީގެ ފޯވަޑް ގެންދިއުމެވެ.

ބާސާގެ ކޯޗް ކަމާ، ކޫމަން ހަވާލުވެ އޭނާ ވަނީ، އޭނާގެ ޕެލޭންގައި ބައެއް ކުޅުންތެރިން ނުހިމެނޭ ކަމަށް އަންގައި އެ ކުޅުންތެރިން އެހެން ކުލަބުތަކަށް ފޮނުވުމަށް މެނޭޖުމެންޓަށް އަންގާފަ އެވެ. އެގޮތުން ކޫމަންގެ ޕްލޭންގައި ނުހމެނުނު ހަތަރު ކުޅުންތެރކު އެހެން ކުލަބުތަކަށް ބަދަލުވި އެވެ. ކޫމަންގެ ޕްލޭންގައި އުސްމާން ޑެމެބެލޭ ނުހިމެނޭނެ ވާހަކައެއް ނުބުނެ އެވެ. މިރޭ ސެލްޓަވީގޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޫމަން ބުނީ، އޭނާ ލިސްޓް ކުރާ ކުޅުންތެރިންގެ ތެރޭގައި ޑެމެބެލޭ ހިމެނޭނެ ކަމަށެވެ.

"މިހާރު ހާލަތު އޮތީ ކުލަބާއި ކުޅުންތެރިޔާގެ އަތްމަތީގައި،" ޑެމްބެލޭ ޓީމުގައ ހުރުމާމެދު ސުވާލު ކުރުމުން ކޫމަން ވާހަކަ ދެއްކި އެވެ. "އޭނާ އަހަރެމެންނާއެކު ހުރިހާ ހިނދަކު އަހަރެން އޭނާ ހިމަނާނަން، ސީޒަން ފެށިގެން އޭނާ ކުޅެފައި ނުވަނީ ގިނަ ކުޅުންތެރިންވެސް ތިބުމާއެކު އަދި އަންސޫ ފާޓީ ވަނީ އޭނާ ފެންވަރު މާބޮޑަށްވެސް ދައްކާފައި، ކޮންމެ ކުޅުންތެރެިޔަކަށްވެސް ފުރުސަތު ލިބޭނެ، މިދިޔަ ހަފުތާތަކުގައި އޭނާއަށް ކޮންމެވެސް ވަރެއްގެ ތަދުވާތީ އުޅުނު، ނަމަވެސް މިއަދު އޭނާ ހުރީ ރަނގަޅަށް، އަހަރެން އޭނާ ހިމަނާނަން."

ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން، ޔުނައިޓެޑްގެ އެންމެ ބޮޑު ވާދަވެރިޔާ ލިވަޕޫލުން ވަނީ، ޓްރާންސްފާ ޕީރިއަޑް ފެށުނު ތަނުން ލޯން އެއްބަސްވުމުގެ ދަށުން ޑެމްބެލޭ ގެންދަން މަސައްކަތް ކޮށްފަ އެވެ. އޭރު ކުލަބު ބަދަލު ކުރަން ބޭނުން ނުވާ ކަމަށް ޑެމްބެލޭ ބާސާގެ މެނޭޖުމެންޓަށް އެންގިކަމަށް ޓްރާންސްފާގެ ޚަބަރުތައް ބުނެ އެވެ.