ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 27 ޕޮޒިޓިވް، އަދަދު 2000 އަށް

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 27 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 27 މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 13 ބިދޭސީން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 12 މީހަކާއި އިންޑިއާ މީހެކެވެ.

މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 2003 އަށް އަރާފަ އެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 800 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 742 މީހުންނެވެ. ކަރަންޓީންގައި ތިބީ 346 މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.