ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 60 ޕަސެންޓް މީހުން ގަދަވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1193 މީހަކު ރަނގަޅު ވެއްޖެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 2003 މީހަކަށެވެ. އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1193 މީހުން މުޅީން ރަނގަޅުވެފައިވާ ކަމަށެވެ. އެއީ ބަލި ޖެހުނު މީހުންގެ 59.56 ޕަސެންޓެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު ރަނގަޅުވީ 40 މީހުންނެވެ.

މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 800 މީހުންނެވެ. އޭގެ ތެރެއިން އަށް މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގަ އެވެ.

ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މިއަދަށް 97 ދުވަސްވެފައިވާއިރު ކޮވިޑްގައި މިހާތަނަށް އަށް މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ތަފާސް ހިސާބުތައް

  • ބަންގްލަދޭޝްގެ 1046 މީހުން
  • ދިވެހިރާއްޖޭގެ 686 މީހުން
  • އިންޑިއާގެ 190 މީހުން
  • ނޭޕަލްގެ 24 މީހުން
  • ސްރީލަންކާގެ 11 މީހުން
  • އިޓަލީގެ 11 މީހުން
  • ޕާކިސްތާނުގެ ތިން މީހުން
  • އެހެނިހެން ފަސް މީހުން

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 27 މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 13 ބިދޭސީން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 12 މީހަކާއި އިންޑިއާ މީހެކެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 800 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 742 މީހުންނެވެ. ކަރަންޓީންގައި ތިބީ 346 މީހުންނެވެ.