ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގޭގައި ކަރަންޓީީނު ކުރުމުގެ އުސޫލު އިސްލާހުކޮށްފި

ކޮވިޑް-19އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާ ހާލަތުގައި ރަށްރަށައްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީންވުމުގެ އުސޫލު އިސްލާހުކޮށް އަލުން އާންމުކޮށްފި އެވެ.

މާލޭގައި ރަށްރަށަށް ނުދެވިފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީނު ކުރުމާ ބެހޭ އުސޫލެއް ނެރެ އަމަލު ކުރަން ފަށާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ރަށްރަށުގައި ކަރަންޓީނުވުމަށް ފުރުސަތު ދެވޭނީ ކައުންސިލްގައި އެކަމަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަދި އެމީހުން ކަރަންޓީނުވުމަށް އެދޭ ގެއަކީ ހޯމް ކަރަންޓީނުގެ އުސޫލަށް ފެތޭ ތަނެއްތޯ ކައުންސިލްތަކުން ބަލާނެ ކަމަށެވެ.

އެކަން ކަށަވަރު ކުރުމަށްފަހު، ކައުންސިލުން އެދޭ ތަރުތީބުން ލިސްޓް ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ފޮނުވައި މީހުން ރަށްރަށަށް ގެންދިޔުމުގެ އިންތިޒާމް ހަމައްސަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. ކަރަންޓީނަށް މީހުން ރަށްރަށަށް ގެންދާނީ ސަރުކާރުގެ ހަރަދުގަ އެވެ. އަދި ގޭގައި ކަރަންޓީނުވުމަށް އަންގާނީ 24 ދުވަހަށެވެ.

އެ 24 ދުވަހުގެ ކަރަންޓީނަށްފަހު ކޮވިޑް-19އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވެއްޖެނަމަ، އެމީހަކު ކަރަންޓީނު ދޫކޮށްލެވޭނެ އެވެ. މިގޮތަށް ގޭގައި ކަރަންޓީނުވުމަށް ރަށްރަށަށް ފޮނުވާނީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަ ދިވެހިންނަށްވެސް ގޭގައި ކަރަންޓީން ވެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި އުސޫލުގެ ދަށުންވެސް ގިނަ ބަޔަކު ވަނީ މިހާރު ކަރަންޓީން ކޮށްފައެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ލަންކާއިން އައި 153 މީހަކު ވަނީ ގޭގައި ކަރަންޓީން ކޮށްފައެވެ.