ހަބަރު

ލޭ ހޯދައިދޭން މައި ކޮލެޖުން އެހީ ވަނީ

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން ދަތިވުމާ ގުޅިގެން މައި ކޮލެޖުން އިސްވެ ލޭ ހޯދައިދޭން މިއަދު ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

އެ ކޮލެޖުން ބުނީ "ލޭ ދީގެން މީހެއްގެ ފުރާނަ ސަލާމަތް ކުރަމާ" އެ ޝިއާރާއެކު އޮންލައިންކޮށް ބާއްވާ ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ކަމަށާއި އެ ހަރަކާތް ހިންގާނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ކަމަށެވެ.

މި ހަރަކާތް ކޮލެޖުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.

މައި ކޮލެޖުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދެ އެވެ. ދޭ ދޭން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީން ކުރުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތުގައި ލޭ ދިނުމުގެ މުހިންމުކަމާ އެކަމުގެ ބޭނުންތެރިކަމުގެ މައްޗަށް މައުލޫމާތު ދޭނެ އެވެ. އަދި ލޭ އަޅާ ކުއްޖަކަކާއި ބެލެނިވެރިއަކު ވެސް ބައިވެރި ކުރާނެ އެވެ. އިވެންޓު ކުރިއަށްދާއިރު ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް ދޭނެ އެވެ.

އެ ކޮލެޖުން ދަނީ އިޖުތިމާއީ ޒިންމާގެ ދަށުން ތަފާތު ހަރަކާ ތްތަކެއް ހިންގަމުންނެވެ. އެ ގޮތުން ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފައި ވެއެވެ.