ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 24 ގަދަ، 10 ބަލި

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 10 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ކުރި ޓެސްޓްތަކުން ޕޮޒިޓިވްވީ ދެ ސާމްޕަލް ކަމަށެވެ. އެއީ ބަންގަލްދޭޝްގެ ހަތް މީހުންނާއި ނޭޕާލްގެ ދެ މީހުން އަދި ދިވެއްސެކެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,013 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 24 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 1217 މީހުންނެވެ.

ކޮވިޑަށް 34،216 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 670 މީހުންނެވެ. ކަރަންޓީންގައި ތިބީ 347 މީހުނެވެ.