ވިޔަފާރި

މޫޒްގެ އެވޯޑްތަކެއް ފުލްމޫން ރިސޯޓަށް

Jun 14, 2020

ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގެ މޫޒް ހޮޓެލް އެވޯޑުތަކެއް ލިބިއްޖެ އެވެ.

ޝެރެޓަން މޯލްޑިވްސް އިން ބުނި ގޮތުގައި އެ ރިސޯޓަށް ލިބިފައި ވަނީ މޫޒް ހޮޓެލް އެވޯޑުގެ، އެންމެ ފުރިހަމަ ފެމެލީ ރިސޯޓް އެވޯޑާއި ވޯލްޑް ކްލާސް އައިލެންޑް ރިސޯޓް އެވޯޑެވެ.

އެ ރިސޯޓަށް މިދިޔަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑުގައި އޭޝިއާގެ އެންމެ ފުރިހަމަ ހޮޓެލްގެ އެވޯޑު ވެސް ލިބިފައިވެ އެވެ.

ޝެރެޓަން މޯލްޑިވްސް އިން ވަނީ 20 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 310 މިލިއަން ރުފިޔާ) އިންވެސްޓް ކޮށްގެން ބޮޑު މަރާމާތެއް ކޮށްފަ އެވެ. މި މަރާމާތާއެކު އެ ރިސޯޓު ވަނީ ކުރިއަށްވުރެ ވެސް ފުރިހަމަކޮށްފަ އެވެ.

މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގައި 15 މިނެޓުން ދެވޭ ހިސާބުގައި ތަރައްގީ ކޮށްފައިވާ ޝެރެޓަން މޯލްޑިވްސް ރިސޯޓުގައި 176 ކޮޓަރި ހުރެ އެވެ.