މި ވަގުތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު އެންމެން އެއްބައިވަންތަވެ ގައުމު ބިނާކުރަންވީ ވަގުތު ކަމަށާ ޖަޒުބާތާ ފުރައްސާރަ ކުރުން އާންމު ކޮށްގެން އެކަން ނުކުރެވޭނެ ކަމަށް ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
މިދިޔަ ސަރުކާރުގެ ދުވަސްވަރު އިސްލާހީ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރެއްވި މެންބަރު ސައުދު ވިދާޅުވީ ވެރިކަމަށް އައުމަށް މަސައްކަތް ކުރައްވާ ބޭފުޅުންވެސް އެ މަސައްކަތް ކުރައްވާނީ ގައުމު ބިނާ ކުރުމުގެ ރިވެތި ނަމޫނާއާއެކު ކަމަށެވެ.
"މިއީ ރައީސް ސޯލިހާއެކު އެންމެން އެއްބައިވެ ގައުމު ބިނާކުރަންވީ ވަގުތު، ޖަޒްބާތުގަ ފުރައްސާރަކުރުން އާއްމުކުރަންވީ ވަގުތެއް ނޫން. ވެރިކަމަށް އައުމަށް މަސައްކަތް ކުރަންވާނީ ގައުމު ބިނާކުރުމުގެ ރިވެތި ނަމޫނާއާއިއެކު. ވީރާނާ ކުރުމުގެ ނަމޫނާ ދައްކައިގެނެއްނޫން." ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ އިސްލާހީ ހަރަކާތުގެ ނަމުގައި ހިންގިހާ ސިޔާސީ ހަރަކާތްތަކުން ގެނެވުނު އިސްލާހާއި ވީ ރަގަޅަށްވުރެ ގައުމަށް ލިބުނު އިޖްތިމާއި އިގްތިސޯދީ ގެއްލުން ކުޑަ ނޫން ކަމަށެވެ. މި ވަގުތަކީ އެ ގެއްލުންތަކުން ގައުމު އަރައިގަތުމަށް ސިޔާސީ އިސްވެރިން ދަރާފައިވާ ހިދުމަތުގެ ދަރަނި އަދާކުރަންވީ ވަގުތު ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.
ވެރިކަމަށް އައުމަށް މަސައްކަތް ކުރަންވާނީ ގައުމު ބިނާކުރުމުގެ ރިވެތި ނަމޫނާއާއިއެކު. ވީރާނާ ކުރުމުގެ ނަމޫނާ ދައްކައިގެނެއްނޫން. އިސްލާހީ ހަރަކާތުގެ ނަމުގައި ހިންގިހާ ސިޔާސީ ހަރަކާތްތަކުން ގެނެވުނު އިސްލާހާއި ވީ ރަގަޅަށްވުރެ ގައުމަށް ލިބުނު އިޖްތިމާއި އިގްތިސޯދީ ގެއްލުން ކުޑައެއް ނޫން. މި ވަގުތަކީ އެ ގެއްލުންތަކުން ގައުމު އަރައިގަތުމަށް ސިޔާސީ އިސްވެރިން ދަރާފައިވާ ހިދުމަތުގެ ދަރަނި އަދާކުރަންވީ ވަގުތުސައުދު ހުސައިން | ވިލިގިލި ދާއިރާގެ މެންބަރު
ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އިބްރާހިމް ޖައުފަރު (ޖެރޯ) ދިމާކޮށްލައި ފުރައްސާރަ ކުރުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
އެކަމާއި އެމްޑީޕީގެ މެންބަރުން ރުޅިގަދަވެ، ރައީސް ވަހީދަށް އަމާޒުކޮށް ވަރަށް ބޮޑަށް ދަނީ ފާޑުކިޔަމުންނެވެ. މަޖިިލީހުގެ މިއަދުގެ މުޅި ޖަލްސާވެސް އަމާޒުކުރީ ރައީސް ވަހީދަށް ފާޑުކިޔުމަށެވެ.