ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް19: މިއަދުގެ އަދަދަކީ 30

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 30 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ. މި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2,065 އަށް އަރާފަ އެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 356 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 362 މީހުންނެވެ.

މިހާތަނަށް 34،677 ސާމްޕަލް ވަނީ ނަގާފަ އެވެ.

ކޮވިޑްގައި މިހާތަނަށް ރާއްޖެއިން 8 މީހުން މަރުވެފައިވެއެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަ އަދަދު ދަނީ މަދުވަމުންނެވެ. އެއާއެކު މިއަދު ވަނީ ބޮޑެތި ލުއިތަކެއްދީ މާލެ ހުޅުވާލާފައެވެ. މިއަދަކީ ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ 100 ދުވަސްވީ ދުވަހެވެ.