ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

229 މީހުން ގަދަވެއްޖެ، ފަރުވާގައި ތިބީ 515

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 229 މީހަކު ރަނގަޅު ވެއްޖެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 2,065 މީހަކަށެވެ. އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1540 މީހުން މުޅީން ރަނގަޅުވެފައިވާ ކަމަށެވެ. އެއީ ބަލި ޖެހުނު މީހުންގެ 64.42 ޕަސެންޓެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު ރަނގަޅުވީ 229 މީހުންނެވެ. މިއީ މިފަހުން އެންމެ ގިނަ ބަޔަކު ރަނގަޅުވީ ދުވަހެވެ.

މިވަގުތު ކޮވިޑަށް ފަރުވާ ކުރަމުންދަނީ 515 މީހުންނެވެ. އޭގެ ތެރެއިން ނުވަ މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލްގައެވެ.

ރާއްޖޭގައި ކޮވިޑްގެ ތަފާސް ހިސާބުތައް

  • ބަންގްލަދޭޝްގެ 1086 މީހުން
  • ދިވެހިރާއްޖޭގެ 726 މީހުން
  • އިންޑިއާގެ 192 މީހުން
  • ނޭޕަލްގެ 29 މީހުން
  • ސްރީލަންކާގެ 11 މީހުން
  • އިޓަލީގެ 11 މީހުން
  • ޕާކިސްތާނުގެ ތިން މީހުން
  • އެހެނިހެން ފަސް މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 30 މީހުންނެވެ. އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 356 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 362 މީހުންނެވެ.

މިހާތަނަށް 34،677 ސާމްޕަލް ވަނީ ނަގާފަ އެވެ.

ކޮވިޑްގައި މިހާތަނަށް ރާއްޖެއިން 8 މީހުން މަރުވެފައިވެއެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަ އަދަދު ދަނީ މަދުވަމުންނެވެ. އެއާއެކު މިއަދު ވަނީ ބޮޑެތި ލުއިތަކެއްދީ މާލެ ހުޅުވާލާފައެވެ. މިއަދަކީ ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ 100 ދުވަސްވީ ދުވަހެވެ.