ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: އަލަށް ޕޮޒިޓިވްވީ 29 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 29 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 29 މީހުންގެ ތެރޭގައި ހިމެނެނީ 28 ބިދޭސީންނާއި ދިވެއްސެކެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ 15 މީހަކު ހިމެނެއެވެ. މީގެ އިތުރުން ނޭޕާލް، އިންޑިއާ އަދި ޕިލިޕީސް މީހެއްވެސް ހިމެނެއެވެ.

މި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 2094 އަށް އަރާފަ އެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 414 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 347 މީހުންނެވެ. ކަރަންޓީންގައި ތިބީ 331 މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ހޯމަ ދުވަހުން ފެށިގެން ވަނީ ލުއިތަކެއް ދީފައެވެ. އަދި އޭގެ ކުރިން މިދިޔަ މަހުގެ 28 ވަނަ ދުވަހުވެސް ވަނީ ބައެއް ލުއިތައް ދީފައެވެ. ލުއިތަކާއެކުވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައެއް ނުވެއެވެ.