ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 80 ޕަސެންޓް މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 130 މީހަކު ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 79.75 ޕަސެންޓު މީހުން ރަނގަޅުވެފައިވާ ކަމަށެވެ. އެއީ 1,670 މީހުންނެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 2,094 މީހުންނަށެވެ. މިވަގުތު ބަލިން ރަނގަޅު ނުވެ ތިބީ 414 މީހުންނެވެ. ނުވަ މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގަ އެވެ.

ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މިއަދަށް 101 ދުވަސްވަނީ ވެފަ އެވެ. މިިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ވަނީ މަދުވެފަ އެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 29 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވީ 30 މީހުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ހޯމަ ދުވަހުން ފެށިގެން ވަނީ ލުއިތަކެއް ދީފަ އެވެ.