ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jun 17, 2020
2

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަަށް ޕޮޒިޓިވްވެއްޖެ އެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ޕޮޒިޓިވްވެފައިވާ ކަން މަޖިލީހުގެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ "އަވަސް" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. މަޖިލީހުގެ މެއިންޓެނެންސް ޑިޕާޓްމަންޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އޭނާގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

ޒިޔާއު ވިދާޅުވީ، އެޗްޕީއޭއާ ގުޅިގެން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތާކައި އެ މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި މި ވަގުތަށް މަޖިލީހުގެ އިދާރާ މޮނިޓަރިންގައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މާލެ ސަރަހައްދުގެ ލޮކްޑައުނަށް ލުއި ދިނުމުގެ ކުރިން މަޖިލީހުގެ އިދާރާއަށް މެންބަރުންނާއި މުވައްޒަފުން އެއްވެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވެ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.