ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 26 ބަލި، ގަދަވީ ހަތް މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 26 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ކުރި ޓެސްޓްތަކުން ޕޮޒިޓިވްވީ 26 ސާމްޕަލް ކަމަށެވެ. އެއީ ބަންގަލްދޭޝްގެ 16 މީހުންނާއި ތިން ދިވެހިންނާއި ނޭޕާލްގެ ތިން މީހުންނާއި އިންޑިއާ ތިން މީހުންގެ އިތުރުން ލަންކާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2،120 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ ހަތް މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 1،677 މީހުންނެވެ.

ކޮވިޑަށް 37،491 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 281 މީހުންނެވެ. ކަރަންޓީންގައި ތިބީ 318 މީހުނެވެ.