ޓޫރިޒަމް

ނަލަދޫ ޕްރައިވެޓް އައިލެންޑުން ގެތައް ކުއްޔަށް ދެނީ

Jun 21, 2020
3

ނަލަދޫ ޕްރައިވެޓް އައިލެންޑުގައި ހަދާފައިވާ މަތީ އެނެމެ ފަންތީގެ ޕްރައިވެޓް ގެތައް ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.

"ޓްރެވަލް ލެޒާ" އިން ބުނެފައިވާ ގޮތުގައި ނިޔާމަ ޕްރައިވެޓް އައިލެންޑުގައި ހަދާފައިވާ 20 ޕްރައިވެޓް ގެއެއް ކުއްޔަށް ދޭނީ ރެއަކަށް 35،000 ޑޮލަރު (ގާތްގަނޑަކަށް 539,175ރ.) އަށެވެ.

ނަލަދޫ ޕްރައިވެޓް އައިލެންޑުގެ މި ގެތައް ފަރުމާ ކޮށްފައި ވަނީ ރައްކާތެރި ކަމާއެކު ސެލްފްޓް ކަރަންޓީގައި ގިނަ ދުވަހުގެ ތިބެވޭނެ ހުރިހާ ވަސީލަތް ތަކެއް ހިމެނޭ ގޮތަށެވެ. މި ތަންތަނުގައި ޕާސަނަލް ބަޓްލަރުންގެ ހިދުމަތް ވެސް ލިބެން ހުރެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ހުރި ގިނަ އަދަދެއްގެ ޕްރައިވެޓް އައިލެންޑްތައް ދަނީ އިސްތިހާރު ކުރަމުންނެވެ. މި ރަށްތައް ހާއްސަ ވެފައި އޮންނަނީ ދުނިޔޭގެ މުއްސަނދިގެ މެދުގަ އެވެ. ރާއްޖޭގެ މި ތަންތަނަށް އަންނަ ބައެއް މީހުން އަމިއްލަ ޖެޓްތައް ބޭނުން ކުރެ އެވެ.

ސަރުކާރުން ދަނީ އަންނަ މަހު ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވަމުންނެވެ. އަލުން ރާއްޖޭ ހުޅުވާލާއިރު ފުރަތަމަ ފުރަތަމަ ޕްރައިވެޓް ޖެޓުގައި އަންނަ ޓޫރިސްޓުންނަށް ހުޅުވާލަން މަސައްކަތް ކުރާ ކަމުގެ އަޑު ތައްވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް ސަރުކާރުން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.