ހަބަރު

ރަކީދޫއާ ވަންދޫގެ ބަނދަރު މަސައްކަތް ފަށައިފި

ވ. ރަކީދޫ އާއި ރ. ވަންދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ، ރަކީދޫ ބަނދަރު ހަދަން ބޭނުންވާ ސައިޓް މޮބިލައިޒްކޮށް، އެ މަސައްކަތަށް ބޭނުންވާ މެޝިނުތަކާއި ވެހިކަލްތައް އެރަށަށް މިހާރު ގެންގޮސްފައިވާކަމަށެވެ. ބަނދަރު ހެދުމަށް ބޭނުންވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭގެ ހުއްދަ ލިބުުނީ މިދިޔަ އަހަރު ޑިސެމްބަރުކައި ކަމަށާއި މިިހާރު އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގައި 156 މީޓަރު ދިގު ބޭރު ތޮށްޓަކާއި 164 މީޓަރު ދިގު އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 74 މީޓަރުގެ ރިވެޓްމަންޓް ޖަހާ ބަނދަރު ސަރަހައްދުގައި ޕޭމަންޓު މަގެއް ހެދުމަަށްވެސް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން މަގުބައްތި އާއި ނެރުބައްތިވެސް ހަރު ކުރެ އެވެ.

މި އަހަރުގެ އޮކްޓޯބަރަށް ނިންމާ މި މަޝްރޫއަަށް 18.5 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.

މީގެ އިތުރުން، ރ. ވަންދޫ ބަނދަރު ފުންކުރުމާއި މަރާމާތުކުރުމުގެ މަސައްކަތްވެސް މިއަދު ވަނީ ފަށާފަ އެވެ. އެގޮތުން، ބަނދަރުގެ އެއްގަމުތޮށިން ހަލާކުވެފައިވާ ތަންތަން ނަގައި ބަނދަރުގެ 1870 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޓިސީސީން ބުންޏެވެ. އަދި، 75 މީޓަރުގެ އެއްގަމު ތޮށްޓެއްލަ އެވެ.

މިދިޔަ އަހަރު އޮގަސްޓު މަހު ހަވާލު ކުރި މި މަސައްކަތް ކުރަނީ 5.99 މިލިއަން ރުފިޔާއަށެވެ.