އެމްޓީސީސީ

ހުޅުމީދޫ ބަނދަރުގެ އަޕްޑޭޓެއް ދީފި

ސ. ހުޅުމީދޫގައި ތަރައްގީ ކުރަމުންދާ ބަނދަރު މަސައްކަތުގެ އަޕްޑޭޓެއް އެމްޓީސީސީން ދީފި އެވެ.

އެމްޓީސީސީން ބުނީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ނަގާފައިވާ ވެލިން ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކަން ހަމަޖެއްސި ބިން މިހާރު ހިއްކާ ނިމިފައި ކަމަށެވެ.

އަދި އާ ހާބަރު ބޭސިންގެ 75 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އާ ނެރު ފުން ކުރުމުގެ 67 ޕަސެންޓް މަސައްކަތް ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ހުޅުމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 471،380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 1،788 ކިއުބިކް މީޓަރުގެ ސަހަރައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.

ފްލޭނިން މިނިނސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫގެ އަގަކީ 68.80 މިލިއަން ރުފިޔާ އެވެ.