ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެފޭ ރެސްޓޯރެންޓް

ލުއި ލޮކްޑައުން: ކެފޭތަކުގައި ސިނގިރެޓް މަނާ

އަންނަ މަހުގެ 1 ވަނަ ދުވަހު ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތް ދިނުމުގެ ފުރުސަތު ދިން ނަމަވެސް އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލެއް އެކުލަވާލާ މިއަދު އާންމުކޮށްފައެވެ.

އެ އުސޫލުގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަން ޖެހޭ ގޮތްތަކާއި، މުވައްޒިފުންގެ ސިއްހަތާއި އަމިއްލަ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ކާބޯތަކެތީގެ މަސައްކަތްކުރާ ތަންތަން ހުންނަންޖެހޭ ގޮތް ވަނީ ބުނެދީފައެވެ. އަދި މުވައްޒިފަކު ބަލިވެއްޖެނަމަ އަމަލުކުރާނެ ގޮތާއި ޑެލިވަރީ ކުރުމުގައި އަމަލުކުރާނެ ގޮތާއި ކެންޓީންގެ ހިދުމަތް ދެވޭނެ ގޮތްތުގެ އުސޫލުތައްވެސް ވަނީ ބުނެދީފައެވެ.

މިއީ ނިއުނޯމަލްގައި ހުޅުވާލާއިރު އަމަލުކުރަންޖެހޭ އުސޫލުތަކެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕްގެ އިތުރުން އީ-ސިނގެރޭޓްވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާނެ ކަމަށް ވަނީ ބުނެފައެވެ.

ކާބޯތަކެތީގެ މަސައްކަތްކުރާ ތަންތަން

  • މަސައްކަތު މާހައުލުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މުވައްޒަފުންނަށް ރަގަޅަށް ބުނެދީ މުވައްޒަފުންނަށް ފެންނަ ގޮތަށް ލިޔެފައި ބަހެއްޓުން،
  • ތަނަށް ޒިޔާރަތް ކުރާ ކަސްޓަމަރުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ފެންނަގޮތަށް ބެހެއްޓުން،
  • އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެން ހުރުން،
  • ކާބޯތަކެތީގެ ވިޔަފާރިކުރާތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓްވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުން،
  • "ކީސް ޓު ސޭފާ ފުޑް" އާ އެއްގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުން،
  • ބުފޭ ފަދަ ތަންތަނުގައި ކަސްޓަމަރުން އަމިއްލައަށް އެޅުމުގެ ބަދަލުގައި ސާވް ކުރުމަށް ވަކި މުވައްޒަފަކު/މުވައްޒަފުން ކަނޑައަޅާފަ ބެހެއްޓުން،
  • ބޭކަރީގެ އުފެއްދުންތައް ބަންދުކޮށްފައި ނުހުންނަ ޝެލްފެއްގައި ބަހައްޓާއިރު ހުންނަންވަނީ ކްލިން ފިލްމް ފަދަ އެއްޗަކުން ނުވަތަ ފުޑް ގްރޭޑް ރެޕަކުން ބަންދުކޮށްފަ،
  • ބޭކަރީ އުފެއްދުން ބަންދު ނުކުރާނަމަ ބަންދުކޮށްފައި ހުންނަ ބިއްލޫރި ޝެލްފެއްގައި ބެހެއްޓުން،
  • އެއްވަގުތެއްގައި މަސައްކަތްކުރާ މުވައްޒަފުން މަދުކުރުމަށް ތަނުގައި އެއްވަގުތެއްގައި ކާބޯތަކެތި އުފައްދާ މިންވަރު މަދުކުރުން،
  • ކާބޯތަކެތީގެ މަސައްކަތުގައި އަންގި ބޭނުންކުރާނަމަ އަންގިލުމުގެ ކުރިންނާއި އަންގި ބަދަލު ކުރާއިރު އަދި ބޭލުމަށްފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުން،
  • ކާބޯތަކެތި ގެންގުޅޭ މީހުން އަންގި ލައްވައިގެން ހުރެ މޫނުގައި އަތްލުމާއި، ނޭފަތާއި އަނގައިގާ އަތް ނުލުން،
  • އަންގި ލައްވާ ކަމުގައިވާނަމަ އަންގި އަވަހަށް ބަދަލުކުރުން ނުވަތަ އަންގި ސެނިޓައިޒް ކުރުން،

މި އުސޫލުގައި ކާބޯތަކެތި ވިއްކާ މާރުކޭޓްތަކުގައި އަމަލުކުރަންޖެހޭނެ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.