ހިލްޓަން ކުންފުނިން ދުނިޔޭގައި ހިންގާ ރިސޯޓް / ހޮޓާ ތަކުން ކޮވިޑް-19 އިން އާ ގުޅިގެން ސާފު ތާހިރުކަން އިތުރަށް ވަރުގަދަ ކޮށްފި އެވެ.
ރާއްޖޭގައި ވެސް ރިސޯޓު ހިންގާ، ހިލްޓަން ކުންފުނިން ތައާރަފު ކުރި "ހިލްޓަން ކްލީން ސްޓޭ" ޕްރޮގްރާމް އެ ކުންފުނީގެ 18 ބްރޭންޑުގައި ތައާރަފު ކުރާނެ އެވެ.
ސާފު ކުރުމަށް ބޭނުން ކުރާ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑިޓޯލް އާއި ލައިސޯލް ގުޅިގެން ތައާރަފު ކޮށްފައިވާ ސާފު ތާހިރުކަމުގެ އާ މިންގަނޑުތަކުގެ ދަށުން، ހިދުމަތް ދޭ ހުރިހާ ތަނެއް ޑިސް އިންފެކްޓްކޮށް ގަވާއިދުން ސާފު ކުރާނެ އެވެ. އަދި ލައިސޯލް ބޭނުންކޮށްގެން އެނދުގެ ބެޑްޝީޓް ފަދަ އެއްޗިހި ސާފު ކުރާނެ އެވެ. މި ބްރޭންޑައަކީ މިފަދަ ތަންތަން ސާފު ކުރަން ހާއްސަ އުފެއްދުމެކެވެ. މިއީ ވައިރަސް ތަކާއި ބެކްޓީރިއާ މަރާލާ އުފެއްދުމެކެވެ.
ހިލްޓަން ކުންފުނިން ރާއްޖޭގައި މަޝްހޫރު ގިނަ ރިސޯޓު ތަކެއް ހިންގަ އެވެ. ހިލްޓަން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓާއި ވޯލްޑޯފް އެސްޓޯރިއާ އާއި އިތާފުށި މޯލްޑިވްސް އަދި ސިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ބްރޭންޑުގެ ދަށުން އެނބޫދޫ ފަޅުގައި ހިންގާ ސައި ލެގޫން ހިމެނެ އެވެ.