ކޮވިޑް-19 އިގެ ހާލަތުގައި ކުރިއަށް ގެންދާ އޮޑިޓްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްތާކުން ލިބޭ ހާއްސަ ބުލެޓިން ސިލްސިލާއެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައާރަފު ކޮށްފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ މި ބުލެޓިން ތައްޔާރު ކުރަނީ ކޮވިޑް-19 ގެ ހާއްސަ ހާލަތުގައި ކުރިއަށް ގެންދާ އޮޑިޓްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްތާކުން ލިބޭނެ ގޮތް ހޯދައި ދޭށެވެ.
ބުލެޓިންގައި ސަރުކާރުގެ އިދާރާތަކުން ނެރޭ ސާކިއުލާ ތަކާއި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކާއި އޮޑިޓާއި ގުޅުންހުރި ހަބަރު ތަކުގެ އިތުރުން އައިޑީއައި އާއި އައިފެކް ފަދަ ބައިނަލްއަގްވާމީ އިދާރާތަކުން ނެރެފައިވާ މުހިންމު މައުލޫމާތުތައް ހިމަނާނެ ކަމަށް ވެސް އޮޑިޓާ ޖެނެރަލް އޮފީހުން ބުންޏެވެ.