ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޮޑިޓާ ޖެނެރަލް އޮފީސް

ދޮގު ހަދައިގެން ހޯދި އިންކަމް ސަޕޯޓް ފަސް މިލިއަނަށް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމަށް ދޮގު މައުލޫމާތު ދީގެން އެކި ފަރާތްތަކުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓު އޮފީހުން އާންމުކުރި ރާއްޖޭގެ ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮގްރާމްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދޫކުރި އިންކަމް ސަޕޯޓަށް ދޮގު މައުލޫމާތު ދީގެން 4،974،477 ރުފިޔާ އެކި މީހުން ހޯދާފައިވެ އެވެ. އެ އަދަދަކީ ދޮގު މައުލޫމާތު ދިނުމުގެ ސަބަބުން 2020 ވަނަ އަހަރުގެ ނިޔަލަށް ދޫކުރެވުނު ފައިސާ އެވެ.

ދޮގު މައުލޫމާތު ދިނުމުގެ ސަބަބުން 2020 އަދި 2021 ގައި 485 ފަރާތަކަށް 5.38 މިލިއަން ރުފިޔާ ދޫކުރެވުނު ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އިތުރަށް ބެލިބެލުމުން އޭގެ ތެރެއިން 14 ފަރާތެއްގެ އަތުން އަނބުރާ ފައިސާ ހޯދަން ނުޖެހޭކަން ފާހަގަކުރެވުނު ކަމަށް ބުނެފައިވެ އެވެ.

އޮޅުވާލައިގެން އެލަވަންސް ހޯދި މީހުންގެ އަތުން އަނބުރާ ފައިސާ ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން އެ ފަރާތްތަކާ ގުޅުމަށް މަސައްކަތްކުރި މަސައްކަތުން ގުޅުނީ 91 އިންސައްތަ މީހުންނަށެވެ. މީގެތެރެއިން ފައިސާ އަނބުރާ ދިނީ 15 އިންސައްތަ މީހުން ކަމަށާއި އެއީ 788،331 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. ރިޕޯޓުގައިވާ ގޮތުން އެއީ އޮކްޓޫބަރު 20، 2022ގެ ނިޔަލަށް ލިބުނު ފައިސާ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑްއާ ގުޅިގެން އިންކަމް ސަޕޯޓުގެ ގޮތުގައި 22،946 މީހަކަށް 421 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.