ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 1200 ޓެސްޓުން ޕޮޒިޓިވް 14

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 14 މީހުން ކަމަށާ 10 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 1،276 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 14 ސާމްޕަލެވެ. ގިނައީ ދިވެހިންނެވެ. 14 މީހުންގެ ތެރެއިން 8 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ ތިން މީހަކާއި އިންޑިއާ ދެ މީހުންނާއި ލަންކާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,217 އަށް އަރާފަ އެވެ. ކޮވިޑް ބަލިން މިއަދު ރަނގަޅުވީ 10 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،813 އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 387 މީހުންނެވެ.

ކޮވިޑަށް 42،830 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 311 މީހުންނެވެ. ކަރަންޓީންގައި ތިބީ 140 މީހުނެވެ.