ހަބަރު

ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިއްޖެ

Jan 8, 2015

މަހަށް ނިކުމެއް އުޅެނިިކޮށް ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިއްޖެ އެވެ.

"ނޫރާނީ 6" ނަމަކަށް ކިޔާ ގއ. ގެމަނަފުށްޓައް ނިސްބަތްވާ އެ ދޯނި ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ފަހުން އެ ދޯންޏާ ނުގުޅޭތީ ދޯނީގެ ވެރިފަރާތުން އެކަން ކޯސްޓްގާޑަށް އެންގުމުންނެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިއަދު މެންދުރު 1:00 ހާއިރު އެ ދޯނީގެ ވެރިފަރާތަށް އެ ދޯންޏާ ގުޅިފައިވާ ކަމަށެވެ.

އޭގެކުރިން އެ ދޯންޏާ ނުގުޅުނީ މުއާސަލާތީ ގުޅުން ނުލިބޭ ހިސާބެއްގައި މަސްވެރިކަން ކުރަން ތިބުމުން ކަމަށް އެ ދޯނީގެ ވެރިފަރާތުން ބުނާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާރު ގއ. އަތޮޅާ ދިމާލަށް ދަތުރުކުރަމުންދާ އެ ދޯނީގައި 22 މީހަކު އެބަ ތިއްބެވެ.