ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ހިސާބު: 21 ބަލި، 16 ގަދަ

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 21 މީހުން ކަމަށާ 16 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 1168 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 21 ސާމްޕަލެވެ. ގިނައީ ދިވެހިންނެވެ. 21 މީހުންގެ ތެރެއިން 12 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ ހަތް މީހަކާއި އިންޑިއާ މީހެގެ އިތުރުން ނޭޕަލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,238 އަށް އަރާފަ އެވެ. ކޮވިޑް ބަލިން މިއަދު ރަނގަޅުވީ 16 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1،829 އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 396 މީހުންނެވެ.

ކޮވިޑަށް 43،998 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 318 މީހުންނެވެ. ކަރަންޓީންގައި ތިބީ 140 މީހުނެވެ.