ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު ޕޮޒިޓިވްވީ 22، ރަނގަޅުވީ 10 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 22 މީހުން ކަމަށާ 10 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު ކުރި ޓެސްޓްތަކުން ޕޮޒިޓިވްވީ 22 ސާމްޕަލް ކަމަށެވެ. އެއީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުން އަދި އިންޑިއާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,260 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 10 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 1،839 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 408 މީހުންނެވެ.

ކޮވިޑަށް 45،185 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

މި ވަގުތު ކޮވިޑް އައިސޮލޭޝަންގައި ތިބީ 314 މީހުންނެވެ. ކަރަންޓީންގައި ތިބީ 139 މީހުނެވެ.