ވިޔަފާރި

ސެންޓާރާ ހުޅުވަނީ އޮގަސްޓް އެއްވަނަ ދުވަހު

Jun 26, 2020

ރާއްޖޭގައި ތައިލެންޑުގެ ސެންޓާރާ ކުންފުނިން ހިންގާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ އޮގަސްޓް މަހު ހުޅުވާނެ ކަމަށް ބުނެފި އެވެ.

ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނިން މާލެ އަތޮޅުގައި ހިންގާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އޮގަސްޓް މަހު ހުޅުވާނެ ކަމަށް ބުނެފައިވާއިރު އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ހާއްސަ އަގު ތަކެއް ދީފައިވެ އެވެ. އެ ރިސޯޓު ހުޅުވާއިރު ރިސޯޓަށް އަންނަ ޓޫރިސްޓުންގެ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅު ތަކެއް އަޅާނެ އެވެ.

ރާއްޖެ ހުޅުވާލަން މަސައްކަތް ކުރަމުން ދަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ހުޅުވާލާއިރު ރާއްޖޭގެ 150 ރިސޯޓުގެ ތެރެއިން 70 ރިސޯޓެއް ހުޅުވަން ނިންމާފައިވެއެވެ.