ރާއްޖެ ކުޅިވަރު

ނިއުގެ އުއްމީދީ ކުޅުންތެރިއާ ހަމްޒާ ފަސް އަހަރަށް ކޮންޓުރެކްޓް އާކޮށްފި

ނިއު ރޭޑިއަންޓަށް ކުޅެމުންދާ އުންމީދީ މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) އެ ކްލަބާއެކު ފަސް އަހަރު ދުވަހުގެ ކޮންޓުރެކްޓެއް ހަދައިފި އެވެ.

މިދިޔަ ސީޒަންގައި ޔޫތު ޗެމްޕިއަންޝިޕްގައި ނިއުގެ ޓީމުން ވިދާލުމަށް ފަހު، ހަމްޒާ ވަނީ ނިއުގެ ސީނިއާ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. މިދިޔަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕަށް ނެގި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް ހަމްޒާ ނެގިއިރު، ނިއުގެ ސީނިއާ ޓީމުގެ ފުރަތަމަ 11ގައި އެންމެ މެޗެއް ވެސް އޭނާ ނުކުޅެ އެވެ.

މިދިޔަ ސީޒަންގައި ނިއުގެ ޓީމުން ގިނަ ފުރުސަތުތަކެއް ހޯދައި، ބ. އޭދަފުއްޓަށް ނިސްބަތްވާ ހަމްޒާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.