އެމްއެންޑީއެފް

ގެއްލިގެން ހޯދަމުންދާ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ބޯޓަކުން މޫދަށް ވެއްޓިގެން ހޯދަމުންދާ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ތިލަފުށީގެ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު މީހަކު ގެެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަނޑުގެ 51 މީޓަރުގެ އަޑިން ފެނިފައިވާ ކަމަށެވެ. އެއީ ބިދޭސީއެކެވެ. އެ މީހާގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސިފައިން ބުންޏެވެ.

ސިފައިން ބުނީ އެ ބޯޓުން ބިދޭސީ ދެ މީހަކު މޫދަށް ވެއްޓުނު ކަމަށާ އެތަނުން އެކަކު ފެނިފައިވާ ކަމަށެވެ. އެމީހާ ފެނިފައިވަނީ އެ ސަރަހައްދުން ދަތުުރުކުރި ދޯންޏަކަށެވެ.